ސުވަރުގެ ލިބުމަށް ނޭދޭނެ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ. މުސްލިމަކަށްވުމުގެ ބޭނުމަކީވެސް ސުވަރުގެ ލިބުމެވެ. ނަމަވެސް މިއަދު ގިނަބައަކަށް މިވަނީ ތިމާ މުސްލިމަކަށްވި ސަބަބުވެސް ހަނދުމަބެތިކޮށްލެވިފައެވެ. މުސްލިމަކަށް ސުވަރުގެ ލިބުމަށް އޮތް ހުރަހަކީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރުމެވެ. އެކަން އެނގިހުރެމެ ތިމާ އެކަމެއް ކުރަން ބޭނުންވުމުން އެކަމަކީ ﷲ ތަޢާލާ ހުއްދަކުރެއްވެވިކަމެއްކަން ނުވަތަ ނަހީކުރެއްވެވިކަމެއްކަން ބަލައިވެސް ނުލައި ތިމާ ކުރަން ބޭނުންވާހއި ކަންކަން ކުރާނަމަ މުސްލިމަކަސްވި މަޤްޞަދު ކޮބައިހެއްޔެވެ؟ އެއޮތީ ދޫކޮށްލެވިފައި ނޫންހެއްޔެވެ؟
އިތުރަށް ވިދާޅުވޭ
Article Categories:
Religion