ހިމޭން ދަންވަރެކެވެ. ހެނދުނުއްސުރެން ރޭގަނޑު އެގާރަ ބާރަ ޖަހަންދެން ކާރޫބާރޫ ބޮޑު މަޖީދީމަގު އޮތީ ނިދާފައެވެ. ދުއްވާއެއްޗެއްގެ ހިލަމެއްވެސްވަނީ ވަރަށް މަދުންނެވެ. ތިން ދުވަސް ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި މާހައުލުވަނީ ފިނީގެ ސަބަބުން މަޑުމޮޅިވެފައެވެ.މަޖީދީމަގުން ހުޅަނގުން އިރަށް ހިނގާފައިދިޔަ ޒުވާނާއަށް ފިނިވެސް ނުވާކަހަލައެވެ. އުމުރުން 21 ވަރަކަށް އަހަރަށްދާނެކަމަށް ލަފާކުރެވޭ އެ ޒުވާނާ ހިނގަމުންދިޔައީ ވަރަށް ބާރަށެވެ. ކޮންމެވެސް އިމަޖެންސީ އެއް ކުރިމަތިވެގެން އަވަސް އަރުވާލައިގެން އުޅޭހެން ހީވެއެވެ. ބާރަށް ހިނގަމުންދިޔަ އެ ޒުވާނާ، މަޖީދީމަގާއި ޗާންދަނީމަގު ޖަންކްޝަން ސަރަޙައްދުގައި ހުންނަ ކަފިހި ހުރަސް ކައިރީގައި މަޑުކޮށްލިއެވެ. މަގު ހުރަސްކުރަން އަރާ ނިޝާން، ލައިޓަށް އަރާނެ ވަގުތަކަށް އިންތިޒާރު ކުރަންފެށިއެވެ.
Apr 5, 2021
122 Views
Comments Off on މަހުޖަނު -1
0 0