އިނގިރޭސި ވަލީއަހްދު އަމީރު ޗާލްސް ގެ ފުރަތަމަ އަނބިކަނބަލުން އަމީރާ ޑަޔާނާ ދުނިޔޭގައި ހުންނެވިއިރު، ދުނިޔޭގެ ގިނަ ބައެއްގެ ހިތްތައް ވަނީ އަތުލައްވާފައެވެ. ދިރިއުޅުއްވުމުގައި ގެންގުޅުއްވީ ސާދާކަމާއި އަނެކުންނަށް އަޅާލުމުގެ ރިވެތި އުޞޫލެވެ. ގަނޑުވަރުތެރޭގެ ޝާހީ އާދަތައް އެކަމަނާއެއް ނުގެންގުޅުއްވައެވެ.އަމީރު ޗާލްސް އާއި ކައިވެނިބައްލަވައިގެންނެވުމަށްފަހު އަމީރާ ޑަޔާނާ އަށް ކުރިމަތިވެވަޑައިގެންނެވި އުނދަގޫތަކާއި ގޮންޖެހުންތަކާބެހޭ ވާހަކަތައް ވަރަށް ގިނައިން މީޑިޔާ ތަކާއި ފޮތްތަކުގައިވެސް ވަނީ ގެނެސްދީފައެވެ. ކަންކަން ކުރަންވީ ގޮތްގޮތާއި މެދު އެކަމަނާގެ ޚިޔާލާއި ފިކުރު ވަރަށް ތަފާތެވެ. ޝާހީ އާއިލާގެ ބޭފުޅުން އެދިލައްވާ ޝާހީ ގޮތްތަކަކަށް އެކަމަނާ ފަރުވާލެއް ނުބަހައްޓަވައެވެ. އަމީރު ޗާލްސް އާއި އުމުރުގެ ގޮތުން ހުރި ބޮޑުތަފާތާއި އަމީރާ ޑަޔާނާގެ އާދައިގެ ދިރިއުޅުއްވުމުގެ ސަބަބުން ޗާލްސް އާއި އެކަމަނާއާއި ދެމެދުގައިވެސް އޮތީ ހީނަރު ގުޅުމެކެވެ. އެންމެފަހުން މި ގުޅުން ނިމުމަކަށް އައީ މުޅި ދުނިޔެ ސަމާލުކަމަށް ގެނައި ވަރިއަކުންނެވެ.