Apr 6, 2021
147 Views
Comments Off on މަހުޖަނު -2
0 0

މަހުޖަނު -2

Written by

ރަނގަޅަށް ފޯނަށް ސިގްނަލް ނުލިބޭތީ އަލީނާ ވޯޑުން ބޭރަށް ނުކުމެއްޖެއެވެ. އަނެއްކާވެސް އޭނާގެ ކޮއްކޮ އާލިމް އަށް ގުޅޭތޯ މަސައްކަތްފެށިއެވެ. ފޯނު ނިވާލާފައި އޮތްކަމުގެ މެސެޖް ނެޓްވޯރކް އޮޕަރޭޓަރުން ކިޔަމުން ދިޔައެވެ. އަލީނާގެ ކަންބޮޑުވުން އިތުރުވާން ފެށިއެވެ. އޭނާގެ ކޮއްކޮ ގެއަށް ފޮނުވިތާ މިހާރު ގަޑިއެއްހާއިރުވަނީއެވެ. އަނެއްކޮޅުން ބައްޕަ އަންދުވާނެ މުންޑެއް ނެތިގެން މިހާރު އޮތީ ބެޑްޝީޓެއް އަންދުވާފައެވެ. އަލީނާ ހަދާނެގޮތް ހުސްވެގެން ރައްޓެއްސަކަށް ގުޅަން ހިތަށް އަރާފައި ފޯނުގެ ނަންބަރުތަކަށް ފިއްތަން ފެށިއެވެ. އެވަގުތު އަވަސް ފަރުވާދޭ ކޮޓަރިއާއި ދިމާއަށް އައްޓެއްގައި މީހަކު ގެންދާތަން ފެނިއްޖެއެވެ. އެ ހިސާބުގައިވަނީ މީހުންތައް ފުރި ބާރުވެފައެވެ. އެއްމެންގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމެވެ. ހިތާމައެވެ. ބިރުވެރިކަމެވެ. އަލީނާއަށްވެސް އެ ދިމާއަށް ދުއްވައިގަނެވިއްޖެވެ. ހީވީ ކޮންމެވެސް ކަހަލަ ދަމާ ބާރެއްގެ އަސަރު އޭނާއަށް ފޯރިހެންނެވެ.”ކިހިނެތްވީ؟؟ ކާކު އެއީ؟“ އަލީނާ އެތާ ހުރި އަންހެނެއްކައިރީ ސުވާލުކުރަން ފެށިއެވެ. އޭނާގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވެރިވެފައިވާތީ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Stories

Comments are closed.