Apr 6, 2021
109 Views
Comments Off on މޮޅުމީހާއަށް މޮޅުގޮތް، ދެރަމީހާއަށް ދެރަގޮތް މިއީ ޖާހިލިއްޔަ ޒަމާނުގެ ސިފައެއް –
0 0

މޮޅުމީހާއަށް މޮޅުގޮތް، ދެރަމީހާއަށް ދެރަގޮތް މިއީ ޖާހިލިއްޔަ ޒަމާނުގެ ސިފައެއް –

Written by

​ރަސްމަތިފުށުގެ ބޮޑުންނަށް މޮޅުގޮތް އޮވެފައި އާދައިގެ ދެރަ ނިކަމެތިންނަށް ދެރަގޮތް އޮތުމަކީ ޖާހިލިއްޔަ ޒަމާނުގެ ސިފައެއްކަމުގައި މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.މިއަދުގެ ހުކުރު ޚުތުބާގައި އިތުރަށް ވިދާޅުވެފައިވަނީ އިންސާނީވަންތަކަން ގެއްލެނީ ޖަހާލަތުގެ ސިފަތައް ވެރިވުމުން ކަމަށެވެ. އަދި މުޖުތަމައެއްގައި އިންސާނިއްޔަތުގެ އަގުތަކާއި ހަމަތައް ނެތި އުވިގެން ގޮސްފި ނަމަ، އެތަނެއް ގައި ޖާހިލިއްޔަތު އުފަންވެ، އާލާވެގެންދާނެ ކަމަށާއި އަދި އެފަދަ މުޖުތަމައެއްގައި އޮންނާނީ ޖަންގަލީގެ ނިޒާމުކަމަށެވެ. އެހެންވެ، އިސްލާމް ދީނާއީ ޖާހިލިއްޔަތުގެ ނަހަމަކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދިނުމަށެވެ. އިންސާނުންނަކީ އިންސާނީ ވަންތަ ކަމުގައި އެއް މަޤާމަކާއި އެއް ޙައިޘިއްޔަތެއް ލިބިގެންވާ، އެއް ދަރަޖައިގެ ބަޔެކެވެ. އިންސާނާ އުފެދުމުގެ އަޞްލާއި، އިންސާނީ ވަންތަކަމުގެ ސިފަތަކާއި، އިންސާނީ އިޙްސާސްތަކަށް ބަލާއިރު އިންސާނިއްޔަތުގެ ތިލަފަތަކީ ހަމަހަމަ ތިލަފަތެކެވެ. އިންސާނަކަށް ވީތީ، ދޭންޖެހޭ މަޤާމާއި، އިޙްތިރާމާއި، ރަޙުމާއި، ހަމްދަރުދީ އާއި، އަޅައިލުމާއި، އެހީތެރިކަން ދިނުމުގައި، ތަފާތު ކުރުމެއް ނުވެއެވެ. ނަސްލާއި، ޤަބީލާ އާއި، ޤައުމާއި، ޢާއިލާ އަކީ އިންސާނިއްޔަތުގެ ތިލަފަތުގެ ކުރިމަތީގައި އެއްވެސް އަގެއް، ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. މީސްތަކުންގެ ކުލަ އާއި، ބުރުސޫރައާއި، ޖިންސާއި، ޢުމުރަކީ، އެ މީހުންގެ މެދުގައި ތަފާތު ކުރެވޭނޭ އަސާސެއް ނޫނެވެ. އާރާއި ބާރާއި، މަޤާމާއި، ނުފޫޒާއި، މާލާއި، ޖާހަކީ އިންސާނީ ހަމަހަމަކަމާއި، އިންސާފަށް ލޮޅުމެއް ގެނެވޭނެ ކަންކަމެއް ނޫނެވެ. މިއަދުގެ ޚުތުބާގައިވެއެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Religion

Comments are closed.