Apr 6, 2021
119 Views
Comments Off on ދޫކޮށްލައިގެން ފަރުޖައްސައި ނުލެވޭނެ މުހިއްމު ހަތަރު ކަމެއް
0 0

ދޫކޮށްލައިގެން ފަރުޖައްސައި ނުލެވޭނެ މުހިއްމު ހަތަރު ކަމެއް

Written by

ކަމަކީ އަޅުގަނޑުމެން ވަރަށް ވިސްނަން ޖެހޭ ކަމެކެވެ. އަޅުގަނޑުމެންނަކީ ވަކި ފަރާތެއްގެ އަޅުންނެވެ. އަމިއްލަ އެއްވެސް އާރެއް ބާރެއް ނެތެވެ. މިހާރު މުޅި ދުނިޔެއާ ކުރިމަތިލައިގެން އުޅޭ ކޮވިޑް-19 އަކީ އޭގެ ކުޑަކުޑަ ހެއްކެކެވެ. އެފަރާތުން އަޅުގަނޑުމެން އުފެއްދެވުމަށްފަހު ބަލަހައްޓަވައި ގެންގުޅުއްވައި ދިމާވާހައި ކަމެއްގައި އެހީތެރިވެ މަގުފަހި ކޮށްދެއްވައި ހައްދަވައެވެ. މަޔަކު ދަރިއަކު ދެކެ ލޯބިވާ މިންވަރަށް ވުރެން ބޮޑަށް އެފަރާތުން އެޅުގަނޑުމެންނަށް ލޯބި ދެއްވައެވެ. އަޅާލައްވައެވެ. ކިތަންމެ އުރެދުނަސް އަޅާލައްވަނީއެވެ. އާދެ، އެއީ ކަށަކުޅަދުންވަންތަ ދީލަތިވަންތަ އޯގާވަންތަ އެއްކައުވަންތަ މާތް ﷲ އެވެ.ވުމާއެކު އަޅުގަނޑުމެން އަބަދުމެ އެއިލާހު ހަނދުމަކޮށް ޛިކުރު ކުރަންޖެހެއެވެ. ދެއްވަމުންދާ ނިޢުމަތްތަކަށް ޝުކުރު އަދާކުރަން ޖެހެއެވެ. ތިމާމެންގެ މުހުތާދު ފުރިހަމަ ކުރުމަށްޓަކައި ދުޢާ ދަންނަވަންޖެހެއެވެ. ތިމާމެންނަށް ދުނިޔެމަތިން ދިމާވެދާނެ ގެއްލުމަކުން ސަލާމަތަށް އެދި އިސްތިޣުފާރު ކުރަންޖެހެއެވެ. އޭރުން ދެދުނިޔެ ބާއްޖަވެރި ވާނެއެވެ. އަންނަނިވި ހަތަރުކަމަކީ މިބުނެވުނު ހުރިހާ ކަމެއްގެ ހައްލެވެ. އެހެންކަމުން މިހަތަރު ކަންތަކުގެ މަތީ ދެމިތިބުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ދެކެމެވެ. މާތް ﷲ އަޅުގަނޑަށާއި ތިޔަ އެންމެހައި އަޚުންނާއި އުޚުތުންނަށް ހެޔޮ ތައުފީޤު ދެއްވާށިއެވެ! އާމީން!

އިތުރަށް ވިދާޅުވޭ

Article Categories:
Religion

Comments are closed.