Apr 6, 2021
729 Views
Comments Off on ސްޕައިސީ ގާލިކް ޕްރޯން ސްޕެގެޓީ
0 0

ސްޕައިސީ ގާލިކް ޕްރޯން ސްޕެގެޓީ

Written by

ބޭނުންވާ ތަކެތި‪:‬‬‬‬‬‬‬‬‬‬

3 ލޮނުމެދު (ކުދިކޮށް ކޮށާފައި)1 ޖޯޑު ޕްރޯންސްސްޕްރިންގ އޮނިއަންއިނގުރު( ކުޑަ އެތިކޮޅެއް ހިމުންކޮށް ކޮށާފައި)2 ސަމުސާ ތެޔޮ2 ސަމުސާ ސެސިމީ އޮއިލް2 ސަމުސާ ސޯޔާ ސޯސް2 ސަމުސާ އޮއިސްޓަރ ސޯސް2 ސަމުސާ ޗިލީ ފްލޭކްސް1 ބޯތަށީގެ ސްޕެގެޓީލޮނު (ރަހަލާވަރަށް)ބައި ސަމުސާ އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް

ސްޕްރިންގ އޮނިއަން އާއި، އިނގުރާއި ލޮނު ބޯތައްޓަކަށް އެޅުމަށްފައި ޗަސްކޮށްލާށެއެވެ. ދެން 2 ސަމުސާ ސެސިމީ އޮއިލް އާއި އާދައިގެ 2 ސަމުސާ ތެޔޮ އެއްކޮށްގެން ހޫނު ކުރުމަށް ފަހު ސްޕްރިންގ އޮނިއަން ތެރެއަށް އަޅާފައި ބަހައްޓާށެވެ.އެއަށްފަހު ތަވައެއްގެ ތެރެއަށް ތެޔޮ އެޅުމަށް ފަހު، ލޮނުމެދާއި، ޕްރޯންސްއާއި، ޗިލީ ފްލޭކްސް، ސޯޔާސޯސް، އޮއިސްޓަރ ސޯސް، ލޮނު، އަސޭމިރުސް އަޅައިގެން ‘ފްރައި’ ކޮށްލާށެވެ. ޕްރޯންސްތައް ރޯފިލުމުން، ސްޕެގެޓީ އަޅާލާށެވެ. ސްޕެގެޓީ ފެނު ކައްކާނީ ތެލާއި ލޮނު އަޅައިގެންނެވެ.ހުރިހާ އެއްޗެއް ރަނގަޅަށް އެއްކުރުމަށް ފަހު، އޭގެ މައްޗަށް ކުރިން ތައްޔާރުކުރި ސްޕްރިންގ އޮނިއަން އަޅާލާށެއެވެ. މިހާރު މިހިރީ ތައްޔާރުކުރެވިފަ އެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Recipe

Comments are closed.