Apr 6, 2021
99 Views
Comments Off on ޒުވާނުންގެ މިސްރާބު ހުރީ ނުރައްކަލާ ދިމާލަށް
0 0

ޒުވާނުންގެ މިސްރާބު ހުރީ ނުރައްކަލާ ދިމާލަށް

Written by

ޤައުމެއްގައި ވަރަށް ގިނަ ރައުސްމާލްތައް ހުންނާނެއެވެ. އެކި ދާއިރާތަކުން އެކި ޙައިޘިއްޔަތުންނެވެ. ވިޔަފާރީގެ ގޮތުންނާއި ކުރިއެރުމާއި ޙަޟާރަތުގެ ގޮތުންނެވެ. ތަހްޛީބާއި ތަމައްދުނުގެ ގޮތުންނެވެ. މިހުރިހާ ކުރިއެރުމެއް ބިނާވެގެންވަނީ އެޤައުމަކަށް ލިބިފައިވާ މޮޅުޒުވާން ޖީލެއްގެ މައްޗަށެވެ. ޒުވާނުންނަކީ ޤައުމެއްގައި ލިބިފައިވާ އެންމެ އަގުބޮޑު ރައުސްމާލެވެ. ޤައުމެއް ކުރިއެރުމާއި ނިކަމެތިވުން ބިނާވެފައި ވަނީ މިބުނެވުނު ރައުސްމާލަށް އަންނަ މޮޅު ދެރައިގެ މައްޗަށެވެ.ޒުވާންކަމަކީ އިންސާނާގެ ޢުމުރުގައި މާތްﷲ ލައްވާފައިވާ ދައުރުތަކުގެ ތެރެއިން އެންމެ މުހިއްމު އެންމެ ބޭނުންތެރި ދައުރެވެ. މިދައުރު ބޭކާރުވިޔަދީގެން ނުވާނެއެވެ. ލޮބުވެތި ރަސޫލާގެ ޙަދީޘު ބަސްފުޅުގައި އަންނަފަދައިންނެވެ. [وَشَابٌّ نَشَأَ فِي عِبَادَةِ اللَّهِ عَزَّ وَجَلَّ] މާނައީ: ޤިޔާމަތް ދުވަހު އެންމެ ކާމިޔާބުވާނެ އެކަކީ ﷲގެ ޙަޟުރަތަށް ބޯލަނބައިގެން ކިޔަމަންތެރިކަމުގެ ތެރޭގައި އުޅެ ބޮޑުވާ މުސްލިމު ޒުވާނާއެވެ.([1])

އިތުރަށް ވިދާޅުވޭ

Article Categories:
Religion

Comments are closed.