Apr 6, 2021
478 Views
Comments Off on ޕާސްތާ ޗިކަން ސެލެޑް
0 0

ޕާސްތާ ޗިކަން ސެލެޑް

Written by


ޕާސްތާއަކީ ވަރަށް ގިނަ ދިވެހިންގެ ތެރޭގައި މަގުބޫލު ޑިޝް އެކެވެ. މިސެލެޑަށް ޕާސްތާ ބޭނުންކުރުމުން ޑިޝް އިތުރަށް ފުރިހަމަ ވެގެން ދެއެވެ. ކެއުމެއް ތައްޔާރު ކުރާއިރު ސެލެޑެއް ހިމަނާލުމުން އެ ކެއުމެއް އިތުރަށް ފުރިހަމަ ވެގެން ދެއެވެ. އަދި މި ސެލެޑު އެންމެ މީރުވާނީ ތައްޔާރު ކުރާތާ އެއް ދުވަސް ފަހުންނެވެ.
ބޭނުން ވާނެ ތަކެތި:

400 ގުރާމް ޕާސްތާ (ޗަސްނުވާ ވަރަށް ކައްކާފައި)3 ޖޯޑު ޗެރީ ޓޮމާޓޯ (4 ބަޔަށް ކޮށާފައި)1 ޖޯޑު މޮޒަރެއްލާ ޗީޒް (ގާނާފައި)400 ގުރާމް ކުކުޅު ނުވަތަ ސޮސެޖުބައި ޖޯޑު އޮލިވްސް1 ބޮޑު ފިޔާބައި ޖޯޑު ޕާރސްލީ ފަތް1/3 ރީނދޫ ބޮޑު މިރުސް1/3 ރަތް ބޮޑު މިރުސްބައި ޖޯޑު ޒައިތޫނި ތެޔޮ1/4 ޖޯޑު ވިނެގަރ1/4 ޖޯޑު ފެން1 ސަމްސާ ލޮނު3 ލޮނުމެދު1 ސަމްސާ ހަކުރު2 ސައިސަމްސާ އޮރިގާނޯ އާބްސް2 ސައިސަމްސާ ހިކި ބޭސިލް1 ސަމްސާ އަސޭމިރުސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކުކުޅުކޮޅު ނޫނީ ސޮސެޖު ކުދިކޮށް ކޮށާލާފައި ތެލުލާށެވެ.ދެން ތަރުކާރީ ކޮޅު ތުނިކޮށް، ދިގަށް ނުވަތަ “ޖޫލިއެންކޮށް” ކޮށާލާށެވެ.ހުރިހާ އެއްޗެއް ބޮޑު ތައްޓަކަށް އަޅާފައި، ރަނގަޅަށް އެއްވަންދެން ހާވާލާށެވެ.އެންމެ ފަހު ކަމަކަށް ބައި ލުނބޯގެ ހުތްކޮޅު ސެލެޑުގެ މައްޗަށް ފިތާލާށެވެ. މި ޑިޝް މިހާރު މިހިރީ ތައްޔާރު ވެފައެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Recipe

Comments are closed.