Apr 6, 2021
264 Views
Comments Off on ޙައްޖުގެ އަޅުކަމަކީ އިންސާނީ ނަފުސުތައް ތަރުބިއްޔަތު ކޮށްދޭ ތަރުބަވީ އަޅުކަމެއް
0 0

ޙައްޖުގެ އަޅުކަމަކީ އިންސާނީ ނަފުސުތައް ތަރުބިއްޔަތު ކޮށްދޭ ތަރުބަވީ އަޅުކަމެއް

Written by

އިންސާނީ ނަފްސުތަކަކީ އަބަދުވެސް އެނަފުސުތައް އިޞްލާޙު ކުރަންޖެހިފައިވާ އެއްޗެކެވެ. އެހެންކަމުން އިންސާނީ ނަފުސުގެ އެންމެހާ އުނިކަންތައްތައް އިސްލާހުކޮށް، ހަމަމަގަށް އެޅުވުމަށްޓަކައި އެންމެ ފައިދާ ކުރަނިވި އެއްފަރުވާއަކީ ޙައްޖުގެ މަތިވެރި އަޅުކަމެވެ. ﷲއާ ވޮޑިގެންވާ ކަމަށް އިންސާނާގެ ހިތުގައި އުފެދޭ ޝައްކުތަކާއި ވަހުމްތައް ދުރުކޮށް އިންސާނާގެ އީމާންތެރިކަން އިތުރުކޮށް ވަރުގަދަކޮށްދޭ ކަމެއް ވެސް މެވެ. އަދި ﷲ އާއި މުއުމިނު އަޅާއާއި ދެމެދުގައިވާ ޢަހުދު އައުކޮށް ވަރުގަދަކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއްވެސް މެއެވެ. ތަފާތު އެކިއެކި ބަލިތަކަށް އެކިއެކި ބާވަތްބާވަތުގެ ފަރުވާ ލައްވާފައިވާއިރު، ޙައްޖުގެ އަޅުކަމަކީ މިއެންމެހާ ބަލިތަކުގެ ޖާމިޢު ފަރުވާއެވެ. ލާބަހުރި މަންފާކުރަނިވި ގޮތެއްގައި މިއަޅުކަން އަދާކުރެވިއްޖެނަމަ މިއިން ފައިދާ ލިބުމީ އޭގައި ޝައްކެއްވާކަމެއް ނޫނެވެ. އިސްލާމްދީނުގައި ކަނޑައަޅާފައިފައިވާ އެންމެހާ އަޅުކަމެއްގެ ރޫޙު މިއަޅުކަމުގައި އެކުލެވިފައިވުމަކީ މީގެ އެންމެ ބޮޑު އެއް ހެއްކެވެ.މިއަޅުކަމަކީ ދުނިޔެއާއި ޢާޚިރަތުގެ މަންފާ ލިބިގެންދާނެ އަޅުކަމެކެވެ. ޙައްޖު ސޫރަތުގެ ހަތާވީސް ވަނަ އާޔަތާއި އަށާވީސް ވަނަ އާޔަތުގެ މާނާގައިވެއެވެ. “އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވާލައްވާށެވެ! އެއުރެން ފައިމަގުގައި އާއި އަނަރޫފަ ޖަމަލުމަތީގައި ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ. އެއީ އެއުރެންނަށް ހުރި ދީނީ އަދި ދުނިޔަވީ މަންފާތަކެއް ލިބިގަތުމަށްޓަކައިއެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެއުރެން ﷲގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ.” މިދެއާޔަތުން އެނގިގެންދާ ގޮތުގައި ޙައްޖުގެ އަޅުކަން އަދާކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާ ލިބިގެންދެއެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Religion

Comments are closed.