Apr 13, 2021
128 Views
Comments Off on ރޯދަމަސް- ކާބޯތަކެތި އިސްރާފް ކުރުމުން ދުރުހެލިވާ މަހަކަށް ހަދަމާތޯ ؟
0 0

ރޯދަމަސް- ކާބޯތަކެތި އިސްރާފް ކުރުމުން ދުރުހެލިވާ މަހަކަށް ހަދަމާތޯ ؟

Written by

ރޯދަމަހަކީ ބަރަކާތްތެރިވެގެންވާ މަހެކެވެ. އެއީ އެ މަހެއްގައި ޤުރުއާން ބާއްވައިލެއްވި، އަދި 1000 މައްސަރަށް ވުރެވެސް ހެއުކަން ބޮޑުވެގެންވާ މަހެކެވެ. ވީމާ ރޯދައިގެ އެންމެ ފުރިހަމަ ދަރުމައާއި ޘަވާބު ހޯދުމަށް މަސައްކަތްކޮށް، ރޯދަ މަހުގެ ބަރަކާތްތެރިކަން ހާސިލު ކުރުމަށްޓަކައި އިސްލާމް ދީނުގައި އަންގަވާފައިވާ ރިވެތި އުސޫލުތަކަށް ތަބާވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން އެމީހާ އުޅޭ އުޅުމުގައާއި، ކުރާ މުއާމަލާތްތަކުގައާއި، ކެއިންބުއިމާއި ދިރިއުޅުމުގެ އެކި ކަންކަމުގައި ވެސް އިސްލާމީ ރިވެތި އުސޫލުތަކުގެ ބިންގާ މަތީގައި ތިބުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަލާއިރު، އިސްރާފް ކުރުމުން ދުރުހެލިވުމަކީ މިކަމަށްޓަކައި އަޅުގަނޑުމެންނަށް އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ. ރޯދަ މަހުގައި އަޅުގަނޑުމެންގެ ކެއިން ބުއިމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އެގޮތުން ކެއިން ބުއިމަށް ބޭނުން ކުރާ ބާވަތްތަކުން ފަށައިގެން، ކާ ގަޑި ތަކާއި، ކެވޭ މިންވަރަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނަމަވެސް ކެއިން ބުއިމަށް މި އަންނަ ބަދަލުތަކަކީއިސްރާފަަށް މަގުފަހިވާންޖެހޭ ސަބަބެއް ނޫނެވެ. އެގޮތުން ރޯދަ މަހުގެ ދުވަސްތަކުގައި ވަރަށް ގިނަ ބާވަތްތަކުގެ ކާތަކެތި ތައްޔާރު ކުރުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވެސް އޮންނަ އާދައެކެވެ. އެގޮތުން ހުސްނުކުރެވި އުކާލަންޖެހޭ ވަރަށް ގިނަ ގޭގޭގައި ކާތަކެތި ތައްޔާރު ކުރެއެވެ. ނަމަވެސް އިސްރާފް ކުރުމަކީ ދީނުގައި މަނާ ކުރައްވާފައިވާ ކަމަކަށްވީއިރު، ރޯދައިގެ ދަރުމަ އެންމެ ފުރިހަމައަށް ހާސިލު ކުރުމަށްޓަކައި މިކަމަށް ސަމާލުވާން ޖެހޭނެއެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Religion

Comments are closed.