ކެރެޓް ބޭނުންކޮށްގެން ހަދާ ފޮނި އެއްޗެހި މީރުތަ؟ އެހެންވިއްޔާ މި ރެސިޕީ ވަރަށް ކަމުދާނެ!
ބޭނުންވާ ތަކެތި:
7 ބިސް1 ދަޅު ގެރިކިރު1 ސައި ސަމުސާ ވެނީލާ އެސެންސްބައި ޖޯޑު ހަކުރު1 ކެރެޓް5 ސަމުސާ ފެންބައި ޖޯޑު ހަކުރު (ވަކިން)
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ކެރެޓް މަށާލާފައި ގާނާލާށެވެ.އެއަށްފަހު ބިސް، ހަކުރު، ވެނީލާ އަދި ގެރިކިރު މިކްސަރެއްގައި ގިރާލާށެވެ.ދެން ގާނާފައިހުރި ކެރެޓްކޮޅު އެއްކޮށްލާފައި ރަނގަޅަށް ގިރާލާށެވެ.ޓްރޭއަކަށް ވަކިކުރި ހަކުރުކޮޅު އަޅާފައި ފެންފޮދު އަޅައި، އުނދާށެވެ. މަޑު ގިނީގައި ކައްކަމުންދާށެވެ. ހަކުރުކޮޅު ދިޔާވެ، ކެރަމަލައިޒް ވާން ފެށުމުން އަލިފާން ނިވާފައި، ޓްރޭ ނަގައި، އޭގެ ތެރެޔަށް ޕުޑިން މިކްސްޗަރ އަޅާލާށެވެ.ދެން ސްޓީމަރެއްގައި 30 މިނެޓް ސްޓީމް ކޮށްލާށެވެ.ސްޓީމަރެއް ނެތިއްޔާ ބޮޑު ތެއްޔެއްގައި ފެން ކައްކަން އުނދާފައި އޭގެ ތެރޭ ދަގަނޑު ރެކެއް ބައިންދާ، އެ ރެކު މަތީ ޓްރޭ ބައިންދާފައި، ފޮއިލްކޮޅަކުން މަތި ނިވާކޮށްލާށެވެ. ދެން ޓްރޭގެ މަތި ޖަހައި، ޕުޑިންގ ފިހެލާށެވެ.ޕުޑިންގ ފިހެވޭ އިރު އޭގެ ތެރެޔަށް ފެން ނޭޅޭގޮތައް ކުރިޔަށް ގެންދެވޭތޯ ޔަގީން ކުރަންވާނެއެވެ.