‘ކެބެޖް ކޭކް’ އަކީ ވެސް މަދުން ނަމަވެސް ތައްޔާރުކުރާ އެއްޗެކެއެވެ. ނަމަވެސް މިފަހަރު ގޭގަ ތިބެގެން ކެބެޖް ބޯކިބާ ޓްރައިކޮށްލާށެވެ.
ބޭނުންވާ ތަކެތި:
1/4 ކެބެޖް (ތުނިކޮށް ކޮށާފައި)ޕާސްލޭ1 ފިޔާ (ކިއުބްކޮށް ކޮށާފައި)1 ފަޅި ލުނބޯ2 ބިސް150ގްރާމް ޕްލޭން ޔޯގަޓު120 ގްރާމް ފުށްލޮނު (ރަހަލާވަރަށް)1 އަސޭމިރުސް2 ދަޅު މަސް (ތެޔޮ)1 ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައި)3 ސަމުސާ ތެޔޮ
ތައްޔާރުކުރާނެ ގޮތް:
ކެބެޖްތައް ކުދިކޮށް ކޮށާލުމަށްފަހު ރީތިކޮށް ދޮވެލާށެއެވެ. ދެން އޭގެތެރެއަށް ޕާސްލޭ، ލޮނު، ފިޔާ، ގިތެޔޮ މިރުސް، އަސޭމިރުސް، ލުނބޯ، މަސް، އަޅައިގެން މޮޑެލާށެވެ. ދެން ތައްޓެއްގެ ތެރެއަށް ބިސް، ޔޯގަޓް، ފުށް އަޅައިގެން ހޭންޑް މިކްސަރ އަކުން ގިރާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ކުރިން އެއްކޮށްލި ކެބެޖެގެ ބައި އަޅާލާށެވެ. ދެން 180 ޑިގްރީގައި 40 މިނިޓް ފިހެލާށެވެ.