Apr 13, 2021
1194 Views
Comments Off on ކްރިސްޕީ ބީފް ސްޕްރިންގ ރޯލްސް
1 0

ކްރިސްޕީ ބީފް ސްޕްރިންގ ރޯލްސް

Written by


ސްޕްރިންގ ރޯލަކީ ޗައިނީޒް ކުއިޒިންގައި މަޤުބޫލު އެޕަޓައިޒަރ އެކެވެ. މި ރޯލަކީ ރޯދަވީއްލުމަށް ތައްޔާރު ކޮށްލަންވެސް ވަރަށް ކަމުދާނެ ހެދިކާއެކެވެ.
ބޭނުންވާނެ ތަކެތި:

1 ސައި ސަމުސާ ކޯން ފްލާބައި ސައި ސަމުސާ ހަކުރު2 ސަމުސާ ސޯޔާ ސޯސް2 ސަމުސާ އޮއިސްޓަރ ސޯސްބައި ސައި ސަމުސާ އަސޭ މިރުސްލޮނު (ރަހަލާވަރަށް)225 ގުރާމް މިންސްޑް ބީފް1/2 ދަޅު މަޝްރޫމް1 ގިތެޔޮ މިރުސް (ކުޅިކުރަން ބޭނުމިއްޔާ ގިނައިންވެސް އެޅިދާނެ)1 ޖޯޑު ކެބެޖު (ތުނިކޮށް ދިގަށް ކޮށާފައި)1 ޖޯޑު ކެރެޓު (ތުނިކޮށް ދިގަށް ކޮށާފައި)1 ބޮޑު ފިޔާ (ހިމުންކޮށް ކޮށާފައި)4 ލޮނުމެދު (ހިމުންކޮށް ކޮށާފައި)އިންޗިއެއްގެ އިނގުރުކޮޅެއް (ހިމުންކޮށް ކޮށާފައި)1 ސަމުސާ ކޯން ޕްލާ (ވަކިން)1 ސަމުސާ ފެންސްޕްރިންގ ރޯލް ޝީޓު (ފިހާރަތަކުން ގަންނަން ލިބޭނެ)ސްވީޓް ޗިލީ ސޯސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތައްޓަކަށް 1 ސައި ސަމުސާ ކޯން ފްލާ، ހަކުރު، ސޯޔާ ސޯސް އަދި އަސޭމިރުސްކޮޅު އެއްކޮށްލާފައި ބީފް ކޮޅު އަޅައި، ރަނގަޅަށް ހާވާލާށެވެ.ބީފްކޮޅު ރޯފިލަންދެން ތަވައެއްގައި ކައްކާލާށެވެ.ވަކިން ތައްޓަކަށް ރޯފިލާފައި ހުރި ބީފް ކޮޅު އަޅާލުމަށްފަހު ތަވާ ރަނގަޅަށް ސާފުކޮށްލާ، ކުޑަ ޒައިތޫނި ތެޔޮ ކޮޅެއް އަޅާފައި ފިޔާ، މިރުސް، އިނގުރު އަދި ލޮނުމެދުކޮޅު މީރުކޮށްލާށެވެ.ދެން ބާކީ ހުރި ތަރުކާރީކޮޅު އަޅާފައި މަޑުވެލަންދެން މަޑުގިނީގައި ބަހައްޓާށެވެ.އެއަށްފަހު ބާކީ ހުރި ތަކެތި އެއްކޮށްލާ، ބީފް ކޮޅު އަޅައި ރަނގަޅަށް ހާވާލާށެވެ.ވަކި ކުރި ކޯން ފްލާކޮޅާއި ފެންފޮދު ކުޑަ ތައްޓެއްގައި ވަކިން އެއްކޮށްލާށެވެ.ދެން ސްޕްރިންގ ރޯލް ޝީޓުތައް ނަގައި، ވަރަށް ބަލައިގެން ހުރިހާ ކަރުދާހެއް ވަކިކޮށްލާށެވެ. ފަހަރަކު ކަރުދާހެއްގެ ކަނަށްވާގޮތަށް މަސްކޮޅެއްލާފައި އެއްފަހަރު އޮޅާލާށެވެ. ދެން ދެފަރާތުން ދެކަން ކުރިމައްޗައް ގެންނާށެވެ، މިހެން ހެދުމުން ރޯލްގެ ދެފަރާތް ބެދޭނެއެވެ. އެއަށްފަހު ދެންއިން ކަނާދިމާލަށް ރޯލްކޮށްލައި، ކަނުގައި ކޯން ފްލާ ފެންފޮދެއް ހާކާލާފައި ހިކުމުގެ ކުރިން ތަތްކޮށްލާށެވެ.މި ރޯލްތަށް ހޫނު ތެޔޮގަނޑެއްގެ ތެރޭގައި ކުޑަކޮށް ރަތްވެލަންދެން ތެލުލާށެވެ. މިހިރީ ސްޕްރިންގ ރޯލް ތައްޔާރު ވެފައެވެ.އެންމެ މީރުވާނީ ސްވީޓް ޗިލީސޯސްއާއި ޖައްސައިގެން ކާންށެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Recipe

Comments are closed.