އަނގަޔަށް މީރު އަދި ސިއްހީ ގޮތުން އެތައް ފައިދާތަކެއް ލިބޭ މޭވާއެއް ކަމުގައިވާ ކިވީ ހައްދާ ގައުމުތަކުގެ ތެރޭގައި އިޓަލީ، ނިއުޒިލެންޑްގެ އިތުރުން ޗިލީ ހިމެނެއެވެ. ނަމަވެސް އެންމެ ގިނައިން މި މޭވާ ހައްދާ ގައުމަކީ ޗައިނާއެވެ.މި މޭވާގެ ވަށަމިނުގައި 5.5-4.5 ސެންޓިމީޓަރު ހުންނައިރު ދިގުމިނުގައި 5.8 ސެންޓިމީޓަރު ހުރެއެވެ. ބޭރު މަޑު މުށި ކުލައިގައި ހުންނަ މި މޭވާގެ އެތެރޭގެ ކާބައި ހުންނަނީ ފެހި ކުލައިގައެވެ. މި މޭވާގައި އޮރެންޖަށް ވުރެން ދެ ގުނައަށް ވިޓަމިން “ސީ” އެކުލެވެއެވެ. މި މެވާގައި ހިމެނޭ ނިއުޓްރިޝަންތަކަށް ބަލާއިރު ވިޓަމިން “އީ” އާއި ވިޓަމިން “ކޭ” ހިމެނެއެވެ.
Article Categories:
Health