Apr 13, 2021
1172 Views
Comments Off on އޯރިއޯ ފަޖް
0 0

އޯރިއޯ ފަޖް

Written by


އޯރިއޯ ފަޖް އަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ޑެޒަޓްއެކެވެ. މިއީ މައިގަނޑު ގޮތަކަށް އެންމެ 3 ބާވަތެއް ބޭނުންކޮށްގެން ތައްޔާރު ކޮށްލެވޭނެ ޑެޒަޓެކެވެ.
ބޭނުން ވާނެ ތަކެތި:

24 އޯރިއޯ ބިސްކޯދު (ޗޮކްލެޓް ނުވަތަ ވެނިލާ)3 ޖޯޑު ވައިޓް ޗޮކްލެޓް ޗިޕްސް (ޗޮކްލެޓެއް ކުދިކޮށް ކޮށާފަވެސް ބޭނުންކުރެވިދާނެ)1 ދަޅު ގެރިކިރު (އެންމެ ރަނގަޅީ ޑަބަލް ޕީޗް)1 ސައި ސަމުސާ ވެނިލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ އޯރިއޯ ބިސްކޯދުކޮޅު ފުނޑުވާލާށެވެ. (އެއް ބިސްކޯދު ހަތަރު ފަޅިޔަށް).އެއަށްފަހު ޓްރޭއެއްގައި ބޭކިން ކަރުދާސް އަތުރާލާށެވެ. ބޭކިން ކަރުދާސް ނެތިއްޔާ ތަތްނުލަވާ ޓްރޭއެއް ބޭނުންކުރާށެވެ.ދެން ޗޮކްލެޓާއި ގެރިކިރު، ތަތްނުލަވާ ތަވައެއްގައި މަޑުގިނީގައި ދިޔާކޮށްލާށެވެ.ދިޔާ ކުރަމުންދާއިރު ނާންދާކަން ޔަގީން ކުރުމަށް ހާވާލަ ހާވާލަ ހުންނާށެވެ.ޗޮކްލެޓްކޮޅު ދިޔާވުމުން ރަނގަޅަށް މިކްސް ކޮށްލާފައި ފުނޑުކުރި ބިސްކޯދު ކޮޅުގެ އެއްބައި އަޅާށެވެ. ރަނގަޅަށް ހާވާލައި، ރެޑީކުރި ޓްރޭތެރަޔަށް އަޅާލާށެވެ. މިކަން ކުރާއިރު އަވަސް ވާންވާނެއެވެ، މިކަން ކުރަންވާނީ އެއްވެސް ވަރަކަށް ތަވާގައި ޗޮކްލެޓްކޮޅު ހިހޫވިޔަ ނުދީއެވެ.ދެން ޓްރޭގައި އަތުރާލުމަށް ފަހު، މައްޗަށް ބާކީހުރި ބިސްކޯދުކޮޅު އަޅާފައި ކުޑަކޮށް އެތެރެއަށް ގަންބާލާށެވެ.މިހާރު މިހިރީ ފަޖް ތައްޔާރު ވެފައެވެ، ދެން ފިނިކުރަން 1-2 ގަޑިއިރު ބަހައްޓާލާށެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Recipe

Comments are closed.