Apr 13, 2021
4476 Views
Comments Off on މަޑުމަޑު އޮމާން އަތްތިލައެއް ބޭނުން ނުވާނީ ކާކު؟
1 0

މަޑުމަޑު އޮމާން އަތްތިލައެއް ބޭނުން ނުވާނީ ކާކު؟

Written by


އަތްތިލައިގެ ހަންގަނޑު ރާޅުވެ ކުރަކި ވުމަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. ބައެއް ފަހަރު މޫސުމަށް އަންނަ ބަދަލުގެ ސަބަބުންވެސް އަތުގެ ހަންގަނޑު ކުރަކިވާގޮތް މެދުވެރިވެއެވެ. އަތުން ކުރަންޖެހޭ ބައެއްކަހަލަ މަސައްކަތްތަކުންވެސް ބައެއް ފަރާތްތަކަށް މި މައްސަލަ ދިމާވަމުން ދެއެވެ. މިފަދަ މައްސަލަތައް ދިމާވުމުން ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ގޭގައިވެސް މިކަމަށް ހައްލެއް ހޯދިދާނެއެވެ.އަތުގެ ހަން އޮމާންކޮށް އަތްތިލަ މަޑުކުރުމަށް މިތަކެތި ބޭނުން ކުރެވިދާނެއެވެ.- ވެސްލިންކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ދެއަތުގައި ވެސްލިން ހާކާލާށެވެ. ވެސްލިން ހޭކުމުން ހަންގަޑު މޮއިސްޗަރ ކޮށްދީ ހަންގަޑު މަޑުކޮށްދޭނެ އެއްޗެކެވެ.- ކާށިތެޔޮއަތުގެ ހަންގަޑު މަޑުކުުރުމަށް ކާށިތެލުން އެހީތެރިވެދެއެވެ. ނިދުމުގެ ކުރިން އަތުގައި ކާށިތެޔޮ ހޭކިދާނެއެވެ.- އޯޓްމީލްއޯޓްމީލް އަކީވެސް އަތުގެ ހަންގަޑު އޮމާންކުރުމަށް އޮތް ހައްލެކެވެ. އެގޮތުން ހަންގަނޑު ކުރަކިވާނަމަ 1 މޭޒުމަތީ ސަމްސަލުގެ މުގުރާފައި ހުރި އޯޓްމީލްގެ ތެރެއަށް ބައި ސަމްސާ ކާށިތެޔޮ އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްުލާ އަތުގައި ހާކާލާށެެވެ. 10- 15 މިނެޓް ފަހުން އަތް ދޮވެލާށެވެ.- ކުކުޅު ބިހުގެ ލޮނދިބިސް ތަޅާލުމަށްފަހު ބިހުގެ ލޮނދު ވަކިން ނަގައި އަތުގައި ހާކާލާށެވެ. 15- 20 މިނެޓް ހުރުމަށްފަހު އަތް ދޮވެލާށެވެ. އަތުގައި ވަސް ހިފާފައިވާނަމަ އަތް ދޮންނަ އިރު މީރުވަސް ދުވާ މައިލްޑް ސައިބޯންޏެއް ބޭނުން ކުރާށެވެ.މިގޮތަށް ހަފްތާއަކު ތިންދުވަހު ހަދަމުން ގެންދާށެވެ.- މާމުއިމާމުއި އަކީވެސް ހަންގަޑަށް ފަރަށް ފައިދާ ހުރި ބާވަތެކެވެ. އަތުގައި މާމުއި ހާކާލުމަށްފަހު 15- 20 މިނެޓް ވަންދެން ބަހައްޓާލުމަށްފަހު ތާފަނާ ފެނުން އަތް ދޮވެލާށެވެ.- އަލޯވޭރާއަލޯވޭރާގަހުގެ ފަތުގައި ހުންނަ ޖެލްތައް ނެގުމަށްފަހު އަތުގައި ހާކާލާށެވެ. 15-20 މިނެޓް ވަންދެން ހާކައިގެން ހުންނަން ވާނެ އެވެ. މިގޮތަށް ހަފްތާއަކު ދެދުވަހު ހަދަމުން ގެންދާށެވެ. އަތުގެ ހަންޑަނޑު އޮމާންވެ ނަތީޖާ ފެންނާނެއެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Health

Comments are closed.