ސީފުޑަކީ ދިވެހިންގެ މެދުގައި މަގުބޫލު އެއްޗެކެއެވެ. ސީފުޑްގެ އެކި ބާވަތްތައް ފިހެގެންނާއި ހިކިކޮށް ހަދައިގެން ކެއުމަށް ފޯރި ހުންނަ ބައެކެއެވެ. މިފަހަރު މިއޮތީ ސީފުޑްގެ ޝްރިމްޕް ތައްޔާރުކޮށްލާނެ ގޮތެވެ. މި ތައްޔާރުކޮށްލަން މާގިނަ ބާވަތްތަކެއް ބޭނުމެއް ނުވާނެއެވެ.
ބޭނުންވާނެ ތަކެތި:
½ ޖޯޑު އޮލިވް އޮއިލް1 ސަމުސާ ރެޑް ޕެޕަރ ފްލޭކްސް10 ލޮނުމެދު (ކުދިކޮށް ހިމުންކޮށް ކޮށާފައި)2 ސަމުސާ ޕެޕްރިކާ½ ލޮނު½ އަސޭމިރުން5 ސަމުސާ ލުނބޯ ޖޫސް ( 1 ފަޅި ލުނބޯ ރަނގަޅުވާނެ)ޕާސްލޭ
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ތަވައެއްގެ ތެރެއަށް ތެޔޮ އަޅައިގެން ގަދަ ގިނީގައި ހޫނުކޮށްލާށެވެ. ދެން އޭގެ ތެރެއަށް ރެޑް ޕެޕަރ ފްލޭކްސް އާއި ކޮށާފައި ހުރި ލޮނުމެދު އަޅައިގެން ދޭފަތުން ހަލާށެވެ. މިގޮތަށް އެއް މިނެޓު ބެހެއްޓުމަށް ފަހު އޭގެ ތެރެއަށް ޝްރިމްޕް، ޕެޕްރިކާ އަޅައިގެ އެއްކޮށްލުމަށް ފަހު، ލޮނު، އަސޭމިރުސް އަޅައިގެން ދޭފަތުން ހަލާށެވެ. ދެން އޭގެ މައްޗަށް ލުނބޯ ޖޫސް، ޕާސްލޭ އަޅާލާށެއެވެ. ޕާސްލޭ އެޅުމުން އިތުރަށް ރަހަ މީރުކޮށްދޭނެ އެވެ.ދެން ޝްރިމްޕްތައް ރޯފިލުމުން އުނދުން މަތިން ބާލާށެއެވެ. މިހާރު މިހިރީ ގާލިކް ޝްރިމްޕް ތައްޔާރުކޮށް ނިމިފައެވެ. ދެން ބްރެޑް އާއި ޖަހައިގެން ނުވަތަ ރޮށްޓާ ޖަހައިގެން ކާލާށެއެވެ.