Apr 13, 2021
1514 Views
Comments Off on ގިނަ ދުވަހަށް ތާޒާކަންމަތީ ފްރިޖްގައި ތަކެތި ރައްކައުކޮށްފައި ބެހެއްޓޭނެ ގޮތެއް
0 0

ގިނަ ދުވަހަށް ތާޒާކަންމަތީ ފްރިޖްގައި ތަކެތި ރައްކައުކޮށްފައި ބެހެއްޓޭނެ ގޮތެއް

Written by

ޕްރިޖްގައި ރައްކާކޮށްފައި ބަހައްޓާ ތަކެތި ގިނަ ދުވަހަށް ތާޒާކަންމަތީ ނުހުންނަ ކަމުގެ ޝަކުވާ ވަރަށް ގިނަ ފަރާތްތަކުން ކުރަމުން ދެއެވެ.

އެ މައްސަލަ ދިމާވަނީ ޕްރިޖްގައި ތަކެތި ރައްކާކޮށްފައި ބަހައްޓަންޖެހޭ ތަރުތީބުން ނުބެހެއްޓޭތީއެވެ. ތަރުކާރީ އާއި މޭވާ، މަސް އަދި އެނޫންވެސް ބާވަތްތައް އެއްތަނެއްގައި ބެހައްޓުގެ ބަދަލުގައި ހުރިހާ ތަކެއްޗެއްވެސް ބަހައްޓަންވާނީ ވަކިވަކިންނެވެ. ފްރިޖްގައި ބަހައްޓާތަކެތި ރަނގަޅަށް ރައްކާތެރިކަމާއި އެކު ނުބެހެއްޓޭނަމަ އޭގައި ބެކްޓީރިއާ އުފެދި އެކަމުގެ ސަބަބުން ހަށގަނޑަށް އޭގޭ ނޭދެވޭ އަސަރުތައް ކުރުމަކީ އެކަށިގެންވާ ކަމެކެވެ. އެހެންކަމުން ފްރިޖްގައި ތަކެތި ރައްކާކޮށްފައި ބަހައްޓަންވާނީ މިދަންނަވާ ގޮތަށެވެ.

ފިޝް އެންޑް މީޓް (އެކި ބާވަތްތަކުގެ ރޯމަސް)

ފިޝް އެންޑް މީޓް އަބަދުވެސް ބަހައްޓަންވާނީ ގަނޑުކުރާބައިގައެވެ. އަދި މިތަކެތި ބަހައްޓަންވާނީ ރަނގަޅަށް ބަންދު ކުރެވިފައެވެ. ރަނގަޅަށް ބަންދުކޮށްފައި ނުބެހެއްޓޭނަމަ ބެކްޓީރިއާ އުފެދުމަކީ އެކަށީގެންވާ ކަމެކެވެ.

ޑެއިރީ ޕްރޮޑަކްޓްސް (ކިރުން އުފައްދާފައިވަ ބާވަތްތައް)

ކިރު، ކްޜީމް، ޔޯގަޓް، ޗީޒް ފަދަ ތަކެތި ބަހައްޓަންވާނީ ބަންދުކޮށްފައި ހުރި ޕެކެޓް ގައެވެ. ނަމަވެސް ތަށީގައި ބަހައްޓަން ބޭނުންވާނަމަ ތަށީގެ މަތި ޕްލާސްޓިކް ރެޕިންގ ޕޭޕަރ އިން ރަނގަޅަށް ބަންދުކުރަންވާނެއެވެ.

ޚާއްސަކޮށް ޗީޒް ބެނުންކުރުމަށްފަހު ވެކެސް ޕޭޕަރ ނުވަތަ ޕޮއިލްް އިން ރަނގަޅަށް ބަންދުކުރަންވާނެއެވެ.

ކިރު ފުރިޖްގެ ދޮރުފަތުގައި ނުވަތަ ފްރިޖް ހުޅުވާލާއިރު ފުރަތަމަ އަށް ނުބައްޓާށެވެ. އޭރަށް އޭގައި ފިނިކަން ހުންނަންޖެހޭ ވަރަށް ފިނި ހިފާފައި ނުހުންނާނެއެވެ.

ތަރުކާރީ އާއި މޭވާ

ފްރިޖްގެ އެންމެ ތިރީގައި ހުންނަ ވަތްގަނޑުތަކުގައި އަބަދުވެސް ތަރުކާރީ އާއި މޭވާ ރައްކައުކޮށްފައި ބަހައްޓާށެވެ. ތަރުކާރީ އާއި މޭވާ ބަހައްޓަންވާނީ ތަރުތީބުން އާފަލަކާއި ޖެހި އާފަލެއް ނުވަތަ އޮރެންޖަކާއި ޖެހި އޮރެންޖެކެވެ. ތަރުކާރީ އާއި މޭވާ ވަކި ތަރުޓީބެއް ނެތި ބަހައްޓައިފިނަމަ އެކަތި އަނެކައްޗަށް ޖެހި ފަސޭހައިން ހަލާކުވުން އެކަށީގެންވެއެވެ. އަދި ފްރިޖްގައި ބެހެއްޓުމުގެ ކުރިން މިތަކެތި ދޮވެގެން ނުވާނެއެވެ. ނަމަވެސް ޕްރިޖުން ނެގުމަށްފަހު ކައްކަން ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮންނަން ވާނެއެވެ.

ފިހެފައި ހުންނަ ތަކެތި

ފިހެފައި ހުންނަ ކޭކް، ޕާން އަދި ބްރައުނީ ފަދަ ތަކެތި ފްރިޖަށް ލުމުގެ ކުރިން ހޫނުކަން ކަންޑުވަން ވާނެއެވެ. އަދި ފްރިޖްގައި ބަހައްޓަންވާނެ ރަނގަޅަށް ދެ ލޭޔަރަށް ރެޕްކޮށްފައެވެ. ބްރައުނީސް ކޮންޓެއިނަރ އަކަށް އެޅުމަށްފަހު ފްރިޖްގައި ރައްކާކުރެވިފައި ބެހެއްޓިދާނެއެވެ.

ބިސް

ޕްރިޖްގައި ބިސް ވެސް ބަހައްޓަންވާނީ އެހެން ބާވަތްތަކާއި ވަކިން ވެއްޓި ނުތެޅޭ ގޮތަށެެވެ.

އެހެންހެން ތަކެތި

Article Categories:
Recipe

Comments are closed.