Apr 13, 2021
376 Views
Comments Off on ގްރީން ޗިލީ ޕެޕަރ ޕިކެލްސް
0 0

ގްރީން ޗިލީ ޕެޕަރ ޕިކެލްސް

Written by


ޕިކެލްސް ނުވަތަ އެކި ވައްތަރުގެ އަސާރައަކި ދިވެހިން ވަރަށް ގިނައިން ބޭނުންކޮށް އުޅޭ އެއްޗެކެއެވެ. މިރުހުގެ އަސާރަވެސް ވަރަށް މަގުބޫލެއެވެ. މިފަހަރު މި ތައްޔާރުކޮށްލަނީ ގިނަ ދުވަހު ބޭނުން ކޮށްލެވިދާނެ އަސާރަ އެކެވެ.
ބޭނުންވާ ތަކެތި

1 ކިލޯ ގްރީން ޗިލީ ( ތޮޅި މިރުސް)½3 ޖޯޑު ފެން½ ޖޯޑު ސޯއީ ސޯސް¼ ލޮނު¼ ޖޯޑު ވައިޓް ވިނެގަރ3 ސަމުސާ ހަކުރު1 ލޮނުމެދު (ކުދިކޮށް ކޮށާފައި)1 ސަމުސާ ޕެޕަރ ފްލޭކްސް1 ސަމުސާ އޮލިވް އޮއިލް1 ސަމުސާ ސެސިމީ އޮއިލްސެސިމީ ސީޑް

ތައްޔާރުކުރާނެ ގޮތް

ތެއްޔެއްގެ ތެރެއަށް ފެން އެޅުމަށް ފަހު، އޭގެ ތެރެއަށް ސޯއީ ސޯސް، ވިނެގަރ، ލޮނު، ހަކުރު އަޅައިގެން އެއްކޮށްލުމަށް ފަހު، ގިނި މެދު މިނެއްގައި ބަހައްޓައިގެން ކައްކާށެއެވެ. ބޮކި ޖަހަން ދެން ކައްކަން ވާނެއެވެ. ދެން މިރުސްތަކުގެ ތަނޑި ކުޑަކޮށް ބުރިކޮށްލާފައި، ބޮޑު ފުޅިއަކަށް އަޅާލާށެވެ. ދެން ކެއްކި ފެންގަނޑު އެ ފުޅިތެރެއަށް އަޅާލުމަށް ފަހު މަތިޖަހާފައި އެއްދުވަސް ވަންދެން ބަހައްޓާށެއެވެ. މި ގޮތަށް އެއް ދުވަސް ވަންދެން ބެހެއްޓުމަށް ފަހު، ނަގާއިރު މިރުހުގެ ކުލަ ހުންނާނީ ބަދަލުވެފަ އެވެ. ދެން ފުޅީގައި ހުރި ފެން އަނެއްކާވެސް ތެލި ތެރެއަށް އަޅާލުމަށްފަހު 15 މިނިޓް ކައްކާލާށެވެ. ކައްކާ ނިމުމުން ފެންގަނޑު ހިހޫކުރުމަށްފަހު އަނެއްކާވެސް އެ ފުޅިތެރެއަށް އަޅާލާށެއެވެ. ދެން ފްރިޖްގައި 5 ދުވަސް ވަންދެން ބަހައްޓާށެވެ.ދެން ކާން ބޭނުންވާ މިންވަރަށް، ލޮނުމެދާއި، ޕެޕަރ ފްލޭކްސް، ސޯއީ ސޯސް، އޮލިވް އޮއިލް، ސެސިމީ އޮއިލް، އެއްކޮށްލުމަށް ފަހު، އޭގެ ތެރެއަށް މިރުސް އަޅާލާށެވެ. އަދި ސޯސްގަނޑު މިރުހުގައި ހާކާލައިގެން ބޭނުން ކޮށްލާށެވެ. ބޭނުން ނަމަ މި ތަކެތި ނާޅާވެސް ބޭނުންކޮށްލެވޭނެ އެވެ.

އިތުރަށް ވިދާޅުވޭ

Article Tags:
Article Categories:
Recipe

Comments are closed.