ކިއުކަމްބަރ ބޭނުންކޮށްގެން އެކި ވައްތަރުގެ ސެލަޑް ކުރެއެވެ. މިފަހަރު މި ތައްޔާރުކޮށްލަނީ ކުޅިކޮށް ކާން ބޭނުންވާ ފަރާތްތަކަށް ކަމުދާނެ ކިއުކަމްބަރ ސެލަޑެކެވެ.
ބޭނުންވާނެ ތަކެތި
1 ކިއުކަމްބަރ (ބޮޑު)1/4 ފިޔާ (ތުނިކޮށް ސްލައިސް ކޮށްފައި)1 ގްރީން އޮނިއަން ( ކޮށާފައި)2 ލޮނުމެދު (ޗަސްކޯށްފައި)2 ސަމުސާ ސޯއީ ސޯސް3 ސަމުސާ ހޮތް ޕެޕަރ ފްލޭކްސް2 ސަމުސާ ސެސިމީ އޮއިލް2 ސަމުސާ ސެސިމީ ސީޑް1 ސަމުސާ ހަކުރު (ބޭނުންވާ ނަމަ)ލޮނު (ރަހަލާ ވަރަށް)
ތައްޔާރުކުރާނެ ގޮތް
ކިއުކަމްބަރ ދެ ފަޅިއަށް ފަޅިކޮށްލުމަށް ފަހު، އަރިއަކަށް ކޮށާލާށެވެ. ބޯތައްޓެއްގެ ތެރެއަށް ކިއުކަމްބަރ، ފިޔާ, ގްރީން އޮނިއަން، ލޮނުމެދު، ސޯއީ ސޮސް، ހޮޓް ޕެޕަރ ފްލޭކްސް، ތެޔޮ، ސެސިމީ ސީޑް، ލޮނު އެޅުމަށް ފަހު، އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް އެއްކުރެވުމުން ސެލަޑް ތައްޔާރުކުރެވުނީ އެވެ.