Apr 13, 2021
741 Views
Comments Off on ސްޕައިސީ ޗިލީ ޕޮޓޭޓޯ
0 0

ސްޕައިސީ ޗިލީ ޕޮޓޭޓޯ

Written by


އަލުވިން ތައްޔާރުކުރާ ގިނަ ބާވަތްތަކަކީ ދިވެހިންނަށް ވަރަށް ކަމުދާ ބާވަތްތަކެކެވެ.
ބޭނުންވާ ތަކެތި‪:‬‬‬‬‬

200 ގްރާމް އަލުވި1/2 ޖޫޑު ފުށްލޮނު (ރަހަލާވަރަށް)ތެޔޮ (އަލުވި ތެލުލުމަށް)2 ސައި ސަމުސާ އޮލިވް އޮއިލް2 ހިކިމިރުސް1 ސަމުސާ ގާލިކް ( ކުދިކޮށް ކޮށާފައި)2/1 ފިޔާ (ކިއުބްކޮށް ކޮށާފައި)1 ސައި ސަމުސާ ޗިލީ ޕޭސްޓް1 ސައި ސަމުސާ ވައިޓް ޕެޕަރ ޕައުޑަރ1 ސައި ސަމުސާ ޑާކް ސޯޔާސޯސް1 ސައި ސަމުސާ ޓޮމާޓޯ ކެޗަޕް1/4 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ އަލުވި ކޮށާފައި ފެނުކައްކާލާށެވެ. އަލުވި މަޑުވުން އޭގެ ތެރެއަށް ފުށާއި ލޮނު އަދި ކުޑަ ފެން ފޮދެއް އަޅައިގެން އަލުވިތައް ފުނޑުނުވާނެ ގޮތަށް އެއްކޮށްލާށެވެ. ދެން ތެޔޮ އެއްޗެއްގެ ތެރެއަށްލާ ތެލުލާށެވެ. މަޑު މޮށިކުލައެއް އަރަން ފެށުމުން ތެޔޮގަނޑުން ނަގާލާށެވެ.އެއަށްފަހު ތަވައެއްގެ ތެރެއަށް ތެޔޮ ފޮދެއް އެޅުމަށްފަހު، ހިކިމުރުސް، ފިޔާ، ލޮނުމެދު، ޗިލީ ޕޭސްޓް، އަސޭމިރުސް، ސޯޔާސޯސް، ޓޮމާޓޯ ކެޗަޕް އަޅައިގެން ދޭފަތުން ހަލާށެވެ. ފިޔާތައް ވަޅޯވުމުން އޭގެ ތެރެއަށް ހަތަރު ބައި ކޮށްފަ އެއްބައި ޖޯޑު ފެން އަޅާލާށެވެ. ދެން ރަނގަޅަށް ކައްކާލުމަށްފަހު، ތެލުލި އަލުވި ކޮޅު ސޯސްގަނޑު ތެރެއަށް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން އޭގެ މައްޗަށް އެއް ސަމުސާ ލެމަން ޖޫސް ފޮދަކާއި، ސްޕްރިންގ އޮނިއަން އަޅާލާށެވެ. މިހާރު މިހިރީ ސްޕައިސީ އަލުވި ތައްޔާރުކޮށް ނިމިފައެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Recipe

Comments are closed.