ކުކުޅުގެ ކެއުންތައް މީރު ފަރާތްތަކަށް މި ހެދިކާ ވަރަށް މީރުވާނެއެވެ.
ބޭނުންވާ ތަކެތި:
1 ޖޯޑު ފުށް2 ސަމުސާ ބަޓަރު1 ބިސް2/1 ޖޯޑު ފެން2 /1 ޖޯޑު ކިރު (ކޮންމެ ވައްތަރެއްގެ ކިރެއްވެސް ބޭނުން ކުރެވިދާނެ)ލޮނު ( ރަހަލާވަރަށް)150 ގްރާމް ޗިކަން (ބޯންލެސް، ކުދިކޮށް ކިއުބްކޮށް ކޮށާފައި)2/1 ސަމުސާ ގަރަމް މަސާލާ1 ސަމުސާ ރެޑް ޗިލީ ޕައުޑަރ1 ސަމުސާ ލެމަން ޖޫސް1 ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓު1 ސައި ސަމުސާ ކާރޑް2/1 ސަމުސާ ތެޔޮ1 ފިޔާ ( ކުދިކޮށް ކިއުބްކޮށް ކޮށާފައި )1 ކެޕްސިކަމް ( ކުދިކޮށް ކިއުބްކޮށް ކޮށާފައި )2/1 ސަމުސާ އަސޭމިރުސް1 ގްރީން ޗިލީ (ކޮށާފައި)2/1 ޖޯޑު މޮޒެރެއްލާ ޗީޒް (ކޮންމެ ވައްތަރެއްގެ ޗީޒް އެއްވެސް ބޭނުން ކޮށްލެވިދާނެ)
ތައްޔާރުކުރާނެ ގޮތް:
މިކްސްޗަރު ތެރެއަށް ފުށް، ބަޓަރު، ބިސް، ފެން، ކިރު އަދި ލޮނުއަޅައިގެން އޮމާންކޮށް ގިރާލާށެވެ. ގިރާ ނިމުމުން ބޯތައްޓަކަށް އަޅާފައި ބަހައްޓާށެވެ.ކުކުޅު ތައްޔާރުކޮށްލުމަށް، ކުކުޅުގެ ތެރެއަށް ގަރަމް މަސާލާ، ޗިލީ ޕައުޑަރ، ލެމަން ޖޫސް، ޖިންޖަރ ގާލިކް ޕޭސްޓް، ކާރޑް އަޅައިގެން މޮޑެލުމަށްފަހު، 10 މިނިޓް ބައިންދާށެވެ.ދެން ކުކުޅު ހަނާކޮށްލަން ތަވައަކަށް ތެޔޮ ފޮދެއް އެޅުމަށްފަހު މެރިނޭޓް ކުރި ކުކުޅު އަޅާލާށެވެ. ކުކުޅު ރަނގަޅަށް ރޯފިލުމުން އޭގެ ތެރެއަށް، ފިޔާ، ކެޕްސިކަމް، އަސޭމިރުސް، ގްރީން ޗިލީ އާއި ރަހަލާވަރަށް ލޮނު އަޅައިގެން މަޑު ގިނީގައި ހަނާކޮށްލާށެވެ. 2 މިނިޓް ވަންދެން މަތި ޖަހައިގެން ކެއްކުމަށްފަހު، އުނދުނުން ބާލާށެވެ.ދެން ފިއްސަކުން ތަވާގައި، ތެޔޮ ހޭކުމަށްފަހު، ކުރިން ގިރި ފުށް އުނދުޅިއަކުން ތަވާގެ ތެރެއަށް އަޅާލުމަށްފަހު، ޢާދައިގެ މަތިން ތުނި ރޮށި ފިހޭހެން ދެ ފުށް ފިހެލާށެވެ. ފިހޭނީ މަޑު ގިނީގައެވެ.ދެން ތައްޔާރުކޮށްފައި ހުރި ކުކުޅު މަސްގަނޑު ތެރެއަށް ޗީޒް އަޅައިގެން އެއްކޮށްލާށެވެ. ދެން ކުޑަ ބޯތައްޓެއްގައި އެއް ސަމުސާ ފުށާއި، ފެން ފޮދެއް އަޅައިގެން ކުޑަކޮށް އޮލަކޮށް ގިރާލާށެވެ. އެއަށްފަހު، ކުރިން އެޅި ފޮޅީގެ ތެރެއަށް ކުކުޅު މަސް ދެ ސަމުސާ އަޅައިގެން ކީމިޔާ ގޮތަށް ބަންދުކޮށްލާށެވެ.ދެން ތަވައެއްގެ ތެރެއަށް ކުޑަ ތެޔޮފޮދެއް އަޅައިގެން 2 މިނިޓް މަތިޖަހާފައި ބަހައްޓާށެވެ. އަދި މަޑު ގިނީގައި ދެފުށް ރަނގަޅަށް ފިހެލާށެވެ.