Apr 13, 2021
455 Views
Comments Off on ޗޮކްލެޓް އޮރެންޖް ޓާރޓް
0 0

ޗޮކްލެޓް އޮރެންޖް ޓާރޓް

Written by


މިއީ ކުޑަ ވަގުތު ކޮޅެއް ތެރޭގައި ތައްޔާރު ކޮށްލެވޭ، ފަސޭހަ ޑިޒާޓެކެވެ. ޗޮކްލެޓް ޓާރޓް އަކީ އޭގެ ޒާތުގައި ވަރަށް މީރު ޑިޒާޓެކެވެ، އަދި އޮރެންޖު ރަހަ އެއްކޮށްލުމުން އިތުރަށް ފުރިހަމަ ވެގެން ދެއެވެ.
ފިލިންގ ހަދަން ބޭނުން ވާނީ:

150 ގުރާމް ހެވީ ކްރީމް1 ޖޯޑު އޮރެންޖު ތޮށި (ގާނާފައި)2 ސަމްސާ އޮރެންޖު ހުތް150 ގުރާމް ޑާރކް ޗޮކްލެޓް100 ގުރާމް މިލްކް ޗޮލްލެޓް1/4 ސައިސަމްސާ ވެނީލާ އެސެންސް30 ގުރާމް ބަޓަރު

ކްރަސްޓް ހަދަން ބޭނުން ވާނީ:

2 ބޮނޑި އޯރިއޯ ބިސްކޯދު (ބޮޑު)1 ޖޯޑު ބަޓަރު

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ އޯރިއޯ ބިސްކޯދު ތަކުން އައިސިންގ ކޮޅު ކަހާލާފައި ބިސްކޯދުތައް ބްލެންޑަރެއްގައި ހިމުން ކޮށްލާށެވެ.އެއަށްފަހު ބަޓަރުކޮޅު ދިޔާކޮށްލާފައި ހިމުންކުރި ބިސްކޯދުތަށް އެއްކޮށްލާށެވެ.ދެން ނޮން-ސްޓިކް ޓްރޭއަކަށް ބިސްކޯދު ކޮޅު އަޅައި، ބޭނުން ބޯމިނަކަށް ފަތުރާލާށެވެ.ފަތުރާލުމަށްފަހު ފެންބޯ ތައްޓެއްގެ ދަށްފުށުން ބިސްކޯދުތައް އަޑިއަށް ޕްރެސް ކޮށްލާށެވެ.ދެން 120 ޑިގްރީ އަވަނެއްގައި 7 މިނެޓު ވަންދެން ފިހެލާށެވެ.އެއަށްފަހު ފިލިންގ ތައްޔާރު ކޮށްލުމަށް، ކްރީމް ކޮޅު، އޮރެންޖު ތޮށީގެ އެއްބަޔާއި އެކު ހޫނުކޮށްލާށެވެ (ކެކުނަ ނުދޭތި).ކްރީމްކޮޅު ހޫނު ކުރާ އިރު، ޗޮކްލެޓް ކޮޅު ވަކިން ތައްޓެއްގައި ކުދިކޮށްފައި ބަހައްޓާށެވެ. ދެން އެއަށް ބަޓަރު ކޮޅު އަޅައި، ހޫނު ކުރި ކްރީމް އަޅާފައި 5 މިނެޓް ވަންދެން ބަހައްޓާށެވެ.ދެން މަޑު މަޑުން ޗޮކްލެޓްތައް ދިޔާވުމުން އެއްކުރަމުން ދާށެވެ. ސްމޫތް ކޮށް އެއްވުމުން ވެނީލާ އަދި އޮރެންޖު ހުތްކޮޅު އަޅާފައި އެއްކޮށްލާށެވެ.ދެން ޓްރޭ ތެރެޔަށް އަޅާފައި މައްޗަށް ބާކީ ހުރި އޮރެންޖު ތޮށި ބުރުވާލާށެވެ.މި ޑިޒާޓު 8 ގަޑިއިރު ވަންދެން ފުރިޖުގައި ފިނިކޮށްލާށެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Recipe

Comments are closed.