Apr 14, 2021
1491 Views
Comments Off on ރަވާ ކޭކް
0 0

ރަވާ ކޭކް

Written by


އެކި ފްލޭވަރގެ ކޭކަކީ ދިވެހިންގެ މެދުގައި މަޤުބޫލު އެއްޗެކެވެ. މިފަހަރު މިއޮތީ ރަވާ ކޭކެކެއެވެ. މި ކޭކަށް ޢާންމު ގޮތެއްގައި ކޭކު އެޅުމަށް ބޭނުންކުރާ ބާވަތްތައް އަޅާކަށް ނުޖެހޭނެއެވެ. ލޮކްޑައުންގައި ގޭގައި ތިއްބަވާއިރު، ވީހާވެސް ބޮޑަށް ގޭގަ ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ކާއެއްޗެހި ތައްޔާރުކޮށްލުން ރަނގަޅުވާނެއެވެ.
ބޭނުންވާ ތަކެތި‪:‬‬‬‬‬

1 އާދައިގެ ބޯތައްޓެއްގެ ރަވާ1/2 ޖޯޑު ހަކުރު1/2 ސަމުސާ ބޭކިންގ ސޮޑާ1 ސަމުސާ ބޭކިން ޕައުޑަރ5 މޭޒުމަތީ ސަމުސާ ތެޔޮ1/2 ތަށި މިލްކ1 ސައި ސަމުސާ ވެނީލާ އެސެންސް1/2 ޖޯޑު ކާރޑް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ބޯތައްޓަކަށް ރަވާ، ހަކުރު އަޅައިގެން ރަނގަޅަށް ސަމްސަލަކުން މިކްސް ކޮށްލާށެވެ. ދެން ބޭކިންގ ސޮޑާ، ބޭކިންގ ޕައުޑަރ، ލޮނު، ތެޔޮ، މިލްކު، ވެނީލާ އެސެންސް އަޅައިގެން ގިރާލާށެވެ. އެއަށްފަހު 30 މިނިޓް މަތި ޖަހާފައި ބަހައްޓާށެވެ. ދެން އޭގެތެރެއަށް ކާރޑް އެޅުމަށްފަހު ހޭންޑް މިކްސަރ އަކުން ގިރާލާށެވެ.ދެން ޓްރޭއެއްގައި ތެޔޮފޮދެއް ހޭކުމަށްފަހު ގިރި ރަވާތަށި ޓްރޭގެ ތެރެއަށް އަޅާލާށެވެ. އަވަން 15 މިނިޓް ހޫނުކޮށްލުމަށްފަހު، 210 ޑިގްރީގައި 25 މިނިޓް ފިހެލާށެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Recipe

Comments are closed.