Apr 14, 2021
2130 Views
Comments Off on ބަޓަރ ސްކޮޗް ޕުޑިން
0 0

ބަޓަރ ސްކޮޗް ޕުޑިން

Written by


ޕުޑިން އަކީ ދިވެހިންގެ މެދުގައި މަގުބޫލު ފޮނިކާއެއްޗެކެވެ. ތަފާތު އެކި ނަންނަމުގެ ޕުޑިން ތައްޔާރުކޮށް އުޅޭއިރު މިވެސް ކާލަން މީރު ޕުޑިންއެކެވެ.
ބޭނުންވާ ތަކެތި‪:‬‬‬‬‬

1/2 ޖޯޑު އެލްމަންޑްސް1/2 ކެޝޫނަޓްސް3/4 ޖޯޑު ހަކުރު1/2 ބޭކިން ސޮޑާ2 ސަމުސާ ބަޓަރު3/4 ޖޯޑު ފްރެޝް ކްރީމް ނޫނީ މިލްކް ކްރީމް1 ޖޯޑް ވިނިކުރި ހެވީ ކްރީމް ނުވަތަ 2 ޖޯޑް ފްރެޝް ކްރީމް1/4 ޖޯޑު ގެރިކިރު ނޫނީ 4/1 ޖޯޑު ހަކުރު5 ނޫނީ 6 ފޮތި ޕާން (ކައިރިފަށް ކަފާފައި)1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ތަވައަކަށް ހަކުރު އަޅާލާށެވެ. ހަކުރުގެ ތެރެއަށް އެއްވެސް ވަރަކަށް ފެންނާޅާނެއެވެ. ހަކުރު ރަތްވެ އޮލަވުމުން އޭގެ ތެރެއަށް ބޭކިންގ ޕައުޑަރާއި ބަޓަރު އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. ދެން އޮލަކުރި ހަކުރުން 3 ސަމުސާ ނެގުމަށްފަހު ތައްޓެއްގެ ތެރެއަށް ކެޝޫނަޓްސް، އަލްމަންޑް، އެޅުމަށްފަހު އޭގެ ތެރެއަށް އަޅާލާށެވެ. އޭރުން ހަކުރު ހުންނާނީ މެޓާ ގަނޑެއްހެން ހަރުވެފައެވެ.ބާކީ ހުރި ހަކުރުގަނޑުގެ ތެރެއަށް ފްރެޝް ކްރީމް އެޅުމަށްފަހު، މަޑުގިނީގައި އެއްކޮށްލާށެވެ. ދެން ކުރިން ތައްޓަށް މިކްސްކުރި ޕީނަޓް އާއި ކެޝޫނަޓްސް އާއި ހަކުރުގަނޑު ޕެކެޓަކަށްލާ ފުނޑުކޮށްލާށެވެ. އެއަށްފަހު، ބޯ ތައްޓެއްގެ ތެރެއަށް ހެވީ ކްރީމް އެޅުމަށްފަހު، ހޭންޑް މިކްސަރ އަކުން ގިރާލާށެވެ. އޭގެ ތެރެއަށް ގެރިކިރު ނުވަތަ ހިމުންކުރި ހަކުރު އަޅައިގެން މިކްސް ކޮށްލާށެވެ.ދެން އޭގެ ތެރެއަށް ދިޔާކުރި ބަޓަރުކޮޅަކާއި އެއް ސަމުސާ ވެނީލާ އެސެންސް އާއި ކުރިން ފުނޑުކުރި ސާމާނުއަޅައިގެން އެއްކޮށްލާށެވެ. ދެން ޕާން ފޮތިތައް ކުރިން ދިޔާކުރި ހަކުރުގެ ތެރެއަށްލުމަށްފަހު ޓްރޭގައި ފަތުރާލާށެވެ. ދެން މިކްސް ކުރި ކްރީމް ތެރެއަށް އަޅާލުމަށްފަހު، ފުނޑުކުރި ނަޓްސް އޭގެ މައްޗަށް ބުރުވާލާށެވެ. ދެން 2 ގަޑި އިރު ނޫނީ 3 ގަޑިއިރު ފިނިކޮށްލައިގެން ބޭނުންކޮށްލާށެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Recipe

Comments are closed.