މިރެސިޕީއަކީ ލާވާ ކޭކް ކަމުދާ ފަރާތްތަކަށް ވަރަށް ކަމުދާނެ، ފަސޭހަ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި:
1/4 ޖޯޑު ހަކުރު2 ބިސް2 ބިސް (ގޮބޮޅި ވަކިކޮށްފައި)2 ސަމްސާ ފުށް113 ގުރާމް ބަޓަރު170 ގުރާމް ޗޮކްލެޓް (ޑާރކް)1/4 ސައި ސަމުސާ ލޮނުމަފިން ކަޕްސް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ބަޓަރު އަދި ޗޮކްލެޓްކޮޅު ތައްޓެއްތެރޭގައި ދިޔާކޮށްލާށެވެ. ދިޔާކޮށްލާނީ ކެކެމުންދާ ފެންތެއްޔެއްގެ މަތީގައެވެ.އެއަށްފަހު 2 ބިސް އަދި އިތުރަށް ނެގި 2 ބިހުގެ ގޮބޮޅި ވަކިން ތައްޓެއްގައި ވިސްކްކުރާށެވެ. ބިސްކޮޅު ވިސްކުވުމުން ހަކުރާއި ލޮނުކޮޅު އަޅާފައި ގަށާލާށެވެ.މި މިކްސްޗަރު އެއްކުރާނީ ކުލަ އަލި، ފުށްގަނޑަކަށް ވަންދެނެވެ. އެއަށްފަހު ދިޔާކުރި ޗޮކްލެޓާއި ބަޓަރު އެއްކޮށްފައި ފުށްކޮޅު އަޅާފައި ގިރާލާށެވެ.ގިރާނިމުމުން މަފިން ކަޕްތަކުގެ މެދާހަމަޔަށް ފިލްކޮށްލާފައި މަފިން ޓްރޭއެއްގައި އަތުރާލާ، 12 މިނެޓް ވަންދެން 180 ޑިގްރީސް ސެލްސިއަސްގައި ފިހެލާށެވެ. މިކޭކް ފިހެވި ނިމޭއިރު ހުންނަންވާނީ ބޭރުފުށް ފިހެވި، އެތެރެ ދިޔާކޮށެވެ.ފިހެވުމުން ކޭކު ހިހޫވަންދެން ބަހައްޓާލައި، ކެއުމުގެ ކުރިން މައްޗަށް ކޮކޯ ނުވަތަ އައިސިންގ ހަކުރުކޮޅެއް ބުރުވާލާށެވެ.