Apr 15, 2021
1213 Views
Comments Off on ޗީޒީ ޗިކަން ބައިޓްސް
0 1

ޗީޒީ ޗިކަން ބައިޓްސް

Written by


މިއީ ގޭގައި ހުރި އެއްޗެހިން ތައްޔާރުކޮށްލެވޭނެ ފަސޭހް ޑިޝްއެކެވެ.
ފުށްގަނޑު ހަދަން ބޭނުންވާ ތަކެތި:

2 ޖޯޑު ފުށް1 ބިސްލޮނު (ރަހަލާވަރަށް)1/3 ޖޯޑު ތެޔޮ1/3 ސައިސަމްސާ ޔީސްޓުފެން (ދިޔާނުވާވަރަށް)

ފިލިންގ ހަދަން ބޭނުންވާ ތަކެތި:

ބައިކިލޯ ބޯންލެސް ކުކުޅު4-3 ހިކަނދިފަތް1 ސައި ސަމުސާ ޓޮމާޓޯ ޕޭސްޓް1 ސައި ސަމުސާ ސޯޔާސޯސް1 ބޮޑު ފިޔާ1 ގިތެޔޮ މިރުސް (ކުޅިކުރަން ބޭނުންވާ ވަރަކަށް)ބައި ކެޕްސިކަމް1/3 ރީނދޫ ބޮޑު މިރުސް4 ލޮނުމެދުލޮނު، އަސޭމިރުސް (ރަހަލާވަރަށް)ތެޅި މިރުސް ކޮޅެއް (ރަހަލާވަރަށް)1 ސައިސަމްސާ މަސްޓަރޑްޗެޑަރ ޗީޒް (ބޭނުން ވަރަކަށް)

ތައްޔާރު ކުރާނެ ގޮތް:

ފުށްގަނޑު ހަދަން ބޭނުންވާ ތަކެތި އެއްކޮށްލާފައި މޮޑެލާށެވެ. ފުއްގަނޑު 1 ގަޑިއިރު ވަންދެން ރެސްޓްކުރާށެވެ.ފިލިންގް ހަދަން ފިޔާ، މިރުސް، ކެޕްސިކަމް، ލޮނުމެދު އަދި ބޮޑުމިރުސް ކޮޅު ހިމުންކޮށް ކޮށާލާށެވެ. ފިޔާކޮޅު ވަޅޯކޮށްލާށެވެ، އެއަށްފަހު ދެން ހުރި ތަރުކާރީކޮޅު އަޅާށެވެ. ތަރުކާރީކޮޅު މީރުވުމުން ލޮނު، އަސޭމިރުސް އަދި ތެޅި މިރުސް އެއްކޮށްލާ، ޓޮމާޓޯ ޕޭސްޓް އަޅާފައި ހާވާލާށެވެ. ވަކިން ތެއްޔެއްގައި ކުކުޅުކޮޅު ކިއުބްކޮށް ކޮށާލާފައި ތެލުލާށެވެ. ދެން ސޯސްގަނޑާއެއްކޮށްލާށެވެ.ފުއްގަނޑުން އެއްވަރުގެ ގުޅަ ވަށާށެވެ. އަދި ގުޅައިގެ އެތެރެއަށް ކުކުޅުމަސްކޮޅުއަޅާފައި ބައްދާލާށެވެ. ކޮންމެ ފުއްގުޅައެއްގެ މައްޗަށް ޗީޒް ކޮޅެއް އަޅާލާށެވެ.ގުޅަތައް ޓްރޭއެއްގައި އެތުރުމަށްފަހު 180 ޑިގްރީ ސެލްސިއަސްގައި، 20-30 މިނެޓް ވަންދެން ފިހެލާށެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Recipe

Comments are closed.