Apr 16, 2021
1387 Views
Comments Off on މޫނުމަތި އުޖާލާ ކުރުމަށް ކިއުކަންބާ ވަރެއް ނެތް!
0 0

މޫނުމަތި އުޖާލާ ކުރުމަށް ކިއުކަންބާ ވަރެއް ނެތް!

Written by

ރީތިކޮށް ތިބުމަށް އެންމެން ވެސް ލޯބި ކުރެއެވެ. ޚާއްސަކޮށް ތިމާގެ މޫނު މަތި ރީތިކޮށް ބެހެއްޓުމަށްށެވެ. އެގޮތުން ޚާއްސަ ހަފްލާތަކާއި، ރަސްމިއްޔާތުތަކަށް ތަފާތު ފޭޝަލްތައް ހަދާ މީހުން އުޅެއެވެ. މޫނުމަތި ރީތި ކުރުމަށްޓަކައި އެކި މީހުން އެކި ކަންކަން ކުރަމުންދާއިރު، ތަފާތު އެކި ކެމިކަލްތައް ހިމެނޭ ކްރިމްތައް އުގުޅާ މީހުން ވެސް ވަކި މަދެއް ނޫނެއެވެ. ނަމަވެސް ކެމިކަލެއް ނުހިމެނޭ ގުދުރަތީ އެއްޗެއް މޫނުގައި ބޭނުން ކުރުމަކީ އޭގެ ފައިދާ މާ ބޮޑަށް ކުރާނެ ކަމަކެވެ.އެގޮތުން ކިއުކަންބާއަކީ ހަންގަނޑަށް ގިނަގުނަ ފައިދާ ލިބޭ މޭވާއެކެވެ. ހަންގަނޑު ރީތިކޮށް ބަހައްޓައި ދިނުމާއި، މޫނުމަތި ތާޒާކަންމަތީގައި ބެހެއްޓުމަށް މުހިންމު ދައުރެއް އަދާ ކުރެއެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Health

Comments are closed.