ފަޅޮލަކީވެސް ގިނަ އަދަދަކަށް ވިޓަމިންސް ހިމެނޭ މޭވާއެކެވެ. އަދި ސަރުބީ ވިރުވުމާއި ހަޖަމު ރަނގަޅު ކުރުމުގައި ފަޅޯވަރެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ..ދިރާސާތަކުން ދައްކާގޮތުން ފަހަކަށް އައިސް ހަށިގަނޑު ހިއްކުމަށް ބޭނުން ކޮށްފައިވާ ވަރަށް ގިނަ ބޭސްތަކުގައި ފަޅޮލުގެ މާއްދާތައް ހިމަނާފައިވެ އެވެ. ނަމަވެސް ފަޅޮލަކީ އަލަނާސި ގޮތަށް ވަރަށް ފަސޭހައިން ފީވާ އެއްޗަކަށް ވާތީ ކެއުމުގެ ކުރިން ނުވަތަ ކެއުމުގެ ފަހުން ނުވަތަ ކެއުމުގެ ތެރޭގައި ފަޅޯ ބޭނުން ކުރުމުން ފައިދާ ބޮޑު ވާނެ އެވެ.
Article Categories:
Health