ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި އެމީހަކަށް ވެވުނު އެންމެ މަތީ ދަރަޖައަށް އަޅުކަމުގައި ހޭދަ ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.”ރަމަޟާން މަހުގެ ފަހު ދިހައިގެ މާތްކަން” މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، އެމީހެއްގެ ހާލަތާއި ސިއްހަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް އަޅުކަމުގައި ހޭދަ ކަމަށާއި، ލައިލަތުލްޤަދުރި ވިލޭރޭގެ ބަރަކާތް ހާސިލު ކުރުމަށް އެންމެންވެސް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
Article Categories:
Religion