ޢީދު ނަމާދަކީ ގަދަވެގެންވާ ސުއްނަތް ނަމާދެކެވެ. މިއީ ޝާފިޢީ މަޛްހަބާއި މާލިކީ މަޛްހަބާއި ޙަނަފީ މަޛްހަބުގެވެސް ރައުޔެވެ. އެހެނަސް އިމާމު އަބޫ ޙަނީފާގެ އެއްބަސްފުޅަކީ އަދި އަޙްމަދުގެ މަޛްހަބަކީ މިއީ ކިފާޔަތުގެ ފަރުޟެއް ކަމަށެވެ. ފިޠުރި ޢީދާއި އަޟްޙާ ޢީދެވެ. މިނަމާދު ސުއްނަތް ވެގެންވަނީ ޖަމާޢަތުގައެވެ. އެކަހެރިކޮށްވެސް ކުރެވިދާނެއެވެ. ފިރިހެނުންނަށާއި އަންހެނުންނަށާއި ކުޑަކުދިންނަށެވެ. ހަމައެކަނި ޝަހަރުގައި ދިރިއުޅޭ މީހުންނަށެވެ. ވިލެޖްތަކުގެ މީހުންނަށް ހުކުރު ނަމާދު ނޯންނަ ފަދައިން ޢީދު ނަމާދުވެސް ސުއްނަތް ވެގެން ނުވެއެވެ. ނަމަވެސް ވިލެޖްގެ މީހުން ޝަހަރަށް އައިސް އެތާގެ ޖަމާޢަތުގައި ބައިވެރިވެ ނަމާދު ކުރުމީ ސުއްނަތެކެވެ. އަދި އެކަހެރިކޮށްވެސް ކުރެވިދާނެއެވެ.
Article Categories:
Religion