ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މިއަދު ނިޔާވެފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާދެމުން ދިޔަ 41 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވެފައި ވަނީ މިރޭ 19:40 ކަންހާއިރު ކަމަށް އެޗްޕީއޭން ބުންޏެވެ. މިއީ މިއަދު މި ބަލީގައި ނިޔާވި ތިން ވަނަ މީހާ އެވެ. އަދި ރާއްޖެއިން ބަލި ޖެހިގެން މަރުވި ޖުމްލަ 185 ވަނަ މީހާ އެވެ. މިދިޔަ މޭ މަހަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް ޖެހިގެން މީހުން ނިޔާވި މަހެވެ. އެގޮތުން މޭ މަހު އެކަނި ވެސް 80 އަށް…
އިތުރަށް ވިދާޅުވޭ
Article Categories:
News