އެއްގަމުގައި މުހައްމަދު ހިޝާމް މަޑުކޮށްލައިގެން ހުރީ އޭނާގެ ތިން އެކުވެރިން ޖެޓް ސްކީ ދުއްވާ މަންޒަރު ބަލާށެވެ. ޕިކްނިކް އެ ދަތުރުގައި ދިޔަ އެހެން ޒުވާނުން ވެސް ތިބީ އެތަން ފޮޓޯ ނެގުމާއި ވީޑިއޯކުރުމުގަ އެވެ. ކުއްލިއަކަށް ފެނުނީ ޖެޓް ސްކީ އަނބުރާލި ވަގުތު ޝުނާން ޝަރީފް، 22 ވިއްސައިގެން ދިޔަ ތަނެވެ. އޭނާ ގޮސް ޖެހުނީ އުނދޯއްޔެއް އެލުވަން މޫދުގައި ޖަހާފައި ހުރި ދަނޑިއެއްގަ އެވެ. ހަ ފޫޓު ދުރުގައި ހުރި ހިޝާމް ދުވެފައި ގޮސް މޫދުން ޝުނާން ނަގައިގެން އެއްގަމަށް އެރިއިރު ވިންދު ހުއްޓެވެ. އެކަމަކު އެއްވެސް ވާހަކައެއް ނުދައްކަ އެވެ….
އިތުރަށް ވިދާޅުވޭ
Article Categories:
News