އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތި ލުމުގެ މުއްދަތު އިތުރުކޮށްފި އެވެ. ރައީސް އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 16 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އޮޑިޓާ ޖެނެރަލްގެ މަގާމު ހުސްވީ، ބޮޑު ހިޔާނާތުން މަންފާވި ކަމަށް ތުހުމަތުވުމާ ގުޅިގެން އޮޑިޓާ ޖެނެރަލް ކަމުގައި ހުންނެވި ހަސަން ޒިޔަތު އިސްތިއުފާ ދެއްވުމުންނެވެ. ޒިޔަތު އިސްތިއުފާ ދެއްވީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު އެވެ. ރައީސް އޮފީހުން ބުނީ، އެ މަގާމަށް ކުރިމަތިލާން އެދި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ބަލައިގަންނާނީ ހަމަޖެހިފައި މި…
އިތުރަށް ވިދާޅުވޭ
Article Categories:
News