ކޮވިޑުގައި އަންގާރަ ދުވަހުގެ ރޭ މަރުވި 10 އަހަރުގެ ކުއްޖާއަށް ފަރުވާ ދިނުން ލަސްވުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަން ހާމަވެފައިވާއިރު، އެކަން ބަލަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހެލްތު މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) މާދަމާ ހާޒިރުކުރަން ނިންމައިފި އެވެ. ކޮވިޑު ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި ކުޑަކުއްޖާ، ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދުގެ ފަރުވާގައި އިހުމާލުތަކެއް ހުރި ކަމަށް ހެލްތު މިނިސްޓްރީން ހުކުރު ދުވަހުގެ ރިޕޯޓުން…
އިތުރަށް ވިދާޅުވޭ
Article Categories:
News