ށ. ފުނަދޫގައި ހިނގި ޖެޓްސްކީ އެކްސިޑެންޓެއްގައި ޒުވާނަކު ވިއްސައިގެން ގޮސް މަރުވެއްޖެ އެވެ. އެ ޒުވާނާ މަރުވެފައިވާކަން އެ ރަށު ކައުންސިލުން “ސަން”އަށް ކަށަވަރުކޮށްދެ އެވެ. އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ 22 އަހަރުގެ ޝުނާން ޝަރީފެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނީ، މިއަދު ހަވީރު މަރުވީ ފުނަދޫ ދައްފަޅުގައި ދުއްވި ޖެޓްސްކީއެއް އަނބުރާލި ވަގުތު އެ ޖެޓްސްކީގެ ފަހަތުގައި އައްސާފައި އޮތް ސީބެޑުގައި އިން މީހެއް ކަމަށެވެ. އެވަގުތު ސީބެޑުގައި އިތުރު މީހަކު ވެސް އިނެވެ. ނަމަވެސް އެމީހާ ވަނީ ސީބެޑުން ފުންމާލައިފަ އެވެ….
އިތުރަށް ވިދާޅުވޭ
Article Categories:
News