މީހެއްގެ ފުރާނަ ސަލާމަތް ކުރަން އެންމެ ސިކުންތެއް ވެސް މުހިއްމެވެ. އެ ސިކުންތަކީ އެ ފުރާނަ ސަލާމަތްވުމާއި ގެއްލުމުގައި އޮންނަ ތުނި ފަރަގެވެ. އަންގާރަ ދުވަހުގެ ރޭ ގަޑިން 9:06 ގައި އެޗްޕީއޭގެ ކޮވިޑު ކޯލް ސެންޓަރަށް, އެ ދުވަހުގެ މެންދުރު ވެސް ގުޅި މީހަކު އަލުން ގުޅީ، ކޮވިޑަށް ޕޮޒިޓިވްވެފައިވާ 11 އަހަރުގެ އަންހެން ދަރިފުޅުގެ ހާލު ގޯސްވާތީ އެވެ. ހުން ނުފިލާތާ ހަ ދުވަސް ވެގެންނެވެ. ހުއްޓުމެއް ނެތި ކެއްސާތާ ދެ ދުވަސް ވުމުންނެވެ. އެއްޗެއް ނުކެވެ އެވެ. އެންމެ ކަންބޮޑުވަނީ ދަރިފުޅަށް ނޭވާލާން އުނދަގޫވާތީ އެވެ. އޭނާ ބޭނުންވީ ދަރިފުޅު އަވަހަށް…
އިތުރަށް ވިދާޅުވޭ
Article Categories:
News